ސިޔާސީ

ކޯލިޝަންގެ ވެރިން ތިބީ ހިޔާލީ ދުނިޔެއެއްގައި: ޑރ.ޖަމީލު

މަރިޔަމް ޝަހުދާ

ކޯލިޝަންގެ ވެރިން ތިބީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަނާއި ގުޅޭގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ވާހަކައެއް ނުދައްކަވާ ކަމަށެވެ. ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ އިއްތިހާދުގެ ސަބަބުން ކަމަށާއި ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ބައި އަޅަަން ޖެހޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނެއް ނެތްކަން ޑރ. ޖަމީލު ފާހަގަ ކުރެއްވިއެވެ. އަދި އޭރު ނެތް ކޯލިޝަނެއް ކައުންސިލް އިންތިހާބުގައި ނޯންނާނެކަން ފާހަގަ ކުރައްވައި، ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބުގައިވެސް ކޯލިޝަނެއް ނެތް. ކައުންސިލް އިންތިހާބުގައި އަމުދުން ކޯލިޝަނަށް އެކުގައި ހިނގޭނެ މަގެއް ނެތް. ކޯލިަޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި."

ޑރ. ޖަމީލު ވިދާޅުވީ ސިޔާސީ ބާރުވެރިކަމުން މަހުރޫމުވެ ނިމެނީ ކަމަށެވެ.