އަބްދުއްލަތީފް މުހައްމަދު

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން ޖެހޭ، އެހެން ނޫނީ ޝަކުވާ ކުރާނަން: ލަތީފް

އަހުމަދު ޖައިޝަން

2

ސިވިލް ސާވެންޓުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންނަށް ދޭ އެލަވެންސް ބޮޑު ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ޝަކުވާ ކުރައްވާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ މާބޮޑަށްވެސް ކުޑަ ކަމަށާއި އެ އަދަދު މިހާރުން މިހާރަށް ބޮޑު ކޮށްދޭން ޖެހޭ ކަމަށެވެ.

"އެންމެ 5،000 އެއްހާ ރުފިޔާ މި ލިބެނީ. އެއީ ކޯއްޗެއްތޯ؟ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެލަވެންސް 5،000 ރުފިޔާއަށް ބޮޑުކުރަން ޖެހޭ. އެންމެ 2،000 ރުފިޔާ އެއީ ކޯއްޗެއްތޯ؟،" އަބްދުއްލަތީފް ސުވާލުކުރެއްވި އެވެ.

އެކަންތައްތައް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އާދޭސް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޖެޓު ފޮތަކީ ދެމީހުންނަށް ނު އުފުލޭ ވަރުގެ ބޮޑު ބަޖެޓެއް ކަމަށްވި ނަމަވެސް އެ ފުރިހަމަ ނުވާ ކަމަށެވެ.

"މިގޮތަށް ކަންތައް ކޮށްގެން ރައްޔިތުންގެ މޫނުމަތީގައި އަނދުން އަޅުވައިގެން އަޅުގަނޑުމެނަކަށް ނުއެއް ތިބެވޭނެ. ރައްޔިތުން ޝަކުވާ ކުރާނެ. ޝަކުވާތައް ނިމުމަކަށް ގެނެސްދޭން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟