ކުއްލި ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އާނިފާ ހުސެއިން ސިރާޖް

މާފަންނު ހިލާލީ މަގުގައި މިއަދު ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:42 އެހާކަންހާއިރު މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް ފުލުހުންގެ ސީސީޓިވީ ކެމެރާއަކުން ފާހަގަކުރެވިގެން އެ ސަރަހައްދަށް ދިޔައިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެމީހާގެ އަރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދި ޒަހަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

އެމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.