ސްރީ ލަންކާ އެއާ ފޯސްގެ މަތިންދާ ބޯޓެއް ވެއްޓި އޭގެން ދަތުރުކުރި ހަތަރު މީހުން މަރުވެއްޖެއެވެ.
ސްރީ ލަންކާ އެއާ ފޯސްގެ ތަރުޖަމާން ކެޕްޓަން ގިހާން ސެނެވިރަތްނެ ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި އުވަ ޕްރޮވިންސްގެ ހަޕުތަލޭ ނަމަކަށް ކިޔާ ސަހަރަކަށް ވެއްޓިފައިވަނީ ސަވަޔަލެންސް މިޝަންއެއްގައި އުޅުނު ކުޑަ މަތިންދާ ބޯޓެއް ކަމަށެވެ.
އެ ހާދިސާގައި އެ ފްލައިޓުގައި ތިބި ލަންކާ އެއާފޯސްގެ ދެ ޕައިލަޓުންނާއި ދެ އޮބްޒާވަރަކު ވަނީ މަރުވެފައެވެ. އަދި ހާދިސާގައި ބައެއް އާންމުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.