ރ. ކިނޮޅޮހުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ކިނޮޅަހުގެ ކައުންސިލުގެ ނައިބު ރައީސް ވާފިރު އަހުމަދު "ވަން" އަށް ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށުގެ އުމުރުން ދުވަސްވީ ފިރިހެނެއް ކަމަށާއި ނަމަވެސް އޭނާގެ ވަނަވަރެއް އަދި އުމުރެއް ނޭނގޭ ކަމަށެވެ.
އޭނާ މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށާއި ޑޮކްޓަރުންގެ ފަރާތުން މަރުގެ ރިޕޯޓު ނުލިބޭތީ މަރުވި ސަބަބު ދަންނަވަން ނޭނގޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، ކިނޮޅަހުގެ އުތުރުފަރާތު ގޮނޑުދޮށުގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިގެން މެންދުރު 12:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.
އަދި ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތުދެއެވެ.