ކުއްލި ޚަބަރު

ހަރުކަށި ފިކުރަށް ތާއީދުކޮށް އެ ފިކުރު ފަތުރަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރަށް ތާއީދުކޮށް އެފިކުރު ފެތުރާ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު އއ. މާޅޮހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެކަމުގެ ތުހުމަތުގައި މާޅޮހުން ހައްޔަރުކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

މިއަދު 11:44 އެހާކަންހާއިރު އޭނާ ހައްޔަރުކުރީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފެތުރުމުގެ އިތުރުން ދަރިން ބެލުމުގައި އިހުމާލުވެ، އެކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.