މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފޮރިން މިނިސްޓްރީން ވަނީ އެފަދަ މައްސަލައެއް ބަލަމުން އަންނަކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނީ މުހައްމަދު ޝިނާން ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ މަރުގެ ތަފްސީލެއް ނުލިބެއެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވެސް ބުނީ، އޭނާގެ މަރާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއެވެ.