ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިސްކިތް ތެރެއަށް ވެއްޓިފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް ފެނިފައިވާ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.
ޝަހީދު އަލީ މިސްކިތުން މިމީހާ ފެނިފައިވަނީ މިއަދު 11:12 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.