ގައުމީ އެއާލައިން، މޯލްޑިވިއަން އިން އާ އަހަރާ ދިމާކޮށް ބެންކޮކް ދަތުރުތަކަށް ހާއްސަ ފެއާއެއްގައި ޓިކެޓު ވިއްކުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން އެ ދަތުރުތައް ކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 އިން ފެށިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވިއަން އިން ބުނީ މިމަހުގެ 23 އިން ފެށިގެން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ބެންކޮކް ދެކޮޅު ޓިކެޓު ހާއްސަ ފެއާގައި 319 ޑޮލަރު (4،919 ރުފިޔާ) އަށް ލިބޭނެ ކަމަށެވެ. އަދި މިހާރު އެ ދަތުރުތަކަށް ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު މޯލްޑިވިއަން އިން ވަނީ ހުޅުވާލައިފައެވެ.
ރިޒަވޭޝަން ހެއްދުމަށް 3335544 އަށް ގުޅުމަށް މޯލްޑިވިއަން އިން އެދެއެވެ. އޭގެ އިތުރުން މޯލްޑިވިއަންގެ ހުރިހާ ޓިކެޓިން އޮފީސްތަކުން ވެސް ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.