ޑޮނަލްޑް ޓޮރަމްޕް

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގައި ރައީސް ޓްރަމްޕް އިމްޕީޗްކޮށްފި

ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވާކަމުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕް އިމްޕީޗްކޮށްފިއެވެ. މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗްކުރި ތިންވަނަ ފަހަރެވެ.

އިއްޔެ އެމެރިކާގެ މަޖިލީހުގައި ކުރިއަށްދިޔަ އެއްދުވަހުގެ ބަހުސްތަކުގައި ރައީސް ޓްރަމްޕް ކުރެއްވި ހުވަޔާ ހިލާފަށް، ޔުކްރެއިނަށް ޕްރެޝަރު ކުރައްވައިގެން ސިޔާސީ ފަރާތެއް ނެތިކޮށްލުމަށް މަސައްކަތް ކުރެއްވިކަމަށް ވަނީ ވާހަކަދައްކަވާފައެވެ.

ޕާޓީލައިނުން 230-197 ވޯޓުން ޓްރަމްޕް ބާރުގެބޭނުން ނަހަމަގޮތުގައި ހިއްޕަވާކަމަށް ވޯޓު ފާސްވެފައި ވާއިރު ދެވަނަ ވޯޓު ނަގާފައިވަނީ ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅިކަމުގެ މައްސަލައަށެެވެ.

ޑިމޮކްރެޓިކް މެންބަރުން މި ވޯޓުން ކާމިޔާ ހޯދި އިރު އެއްވެސް ރިޕަބްލިކަންއެއްގެ ވޯޓެއް ނުލިބެއެވެ.

މަޖިލީހުގެ ރައީސް ކެލިފޯނިއާގެ ނެންސީ ޕެލޯސީ، ވެސް ވަނީ މި މައްސަލަގައި ވޯޓު ދެއްވާފައެވެ. ނެންސީ އަކީ އާންމުކޮށް ވަރަށް ހާއްސަ މައްސަލަތަކުގައި ނޫނީ ވޯޓު ދެއްވާ ބޭފުޅެއް ނޫނެވެ. ނެންސީގެ ވޯޓާ އެކު ޑިމޮކްރެޓުން ރޭ ކާމިޔާބު ހޯދީ 241 ވޯޓާ އެކު އެވެ.

ރައީސް ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލައިގައި ސެނެޓުން އަންނަ މަހު ކުރީކޮޅު ޓްރައިލްތައް ފަށާނެއެވެ.