ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފު މެރުމަށް އެގައުމުގެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގައި މުޝައްރަފު މައްޗަށް ޝަރީއަށް ހިންގާތާ ހައަހަރު ވަނީ ވެފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުން ހިމެނޭ ގޮތަށް އުފައްދާފައިވާ ހާއްސަ ކޯޓުންނެވެ.
2014 ވަނަ އަހަރު ފެށި އެޝަރީއަތަކީ މުޝައްރަފު، 2007 ވަނަ އަހަރު އެގައުމުގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ކުއްލި ހާލަތު އިއުލާން ކުރި މައްސަލައިގެ ޝަރީއަތެވެ. މުޝައްރަފު ވަނީ އެ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ.
މުޝައްރަފުގެ މައްޗަށް ހުކުމް އިއްވާފައި މިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ބޭސްފަރުވާއަށް ވަޑައިގެން 2016 ވަނަ އަހަރުން ފެށިގެން މުޝައްރަފު ދިރިއުޅުއްވަނީ ޑުބާއީގަ އެވެ.
ޕާކިސްތާނުގެ ކުރީގެ އެޓާނީ ޖެނެރަލް ވިދާޅުވިގޮތުގައި މުޝައްރަފަށް އިއްވާފައިވާ ހުކުމް ސުޕްރީމު ކޯޓުގައި އިސްއިތުނާފަށް ހުށަހެޅޭނެއެވެ.
މިއީ ޕާކިސްތާނުގެ 72 އަހަރުގެ ތާރީހުގައިވެސް މިލިޓަރީގެ އިސްވެރިޔަކަށް ގައުމަށް ޣައްދާރުވެގެން ހުކުމް ކުރި ފުރަތަމަ ފަހަރެވެ. މުޝައްރަފަކީ 1999 ވަނަ އަހަރު ނަވާޒް ޝަރީފުގެ ވެރިކަމުގައި ޕާކިސްތާނުގެ އާމީ ޗީފެވެ. މުޝައްރަފަށް ވެރިކަން ލިބިވަޑައިގަތީ އޭރު ގެނައި އަސްކަރީ ބަޣާވާތަކަށްފަހު އެވެ.