ކުއްލި ޚަބަރު

ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ފިލި މީހާ ހޯދައި، ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދު ކޮށްފައި ހުއްޓާ ފިލި މީހާ ހޯދައި، ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަން މާލެ ފޮނުވަން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ހައްޔަރުގައި ހުރި އުމުރުން 34 އަހަރުގެ ދިވެހި އެ ފިރިހެން މީހާ ފިލާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދުމަށްފަހު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ވަނަވަރެއް އަދި އޭނާ ފިލާފައިވަނީ ކިހިނެއް ކަމެއް ފުލުހުން ނުބުނެއެވެ.