ޗިލީ އެއާފޯސްގެ މަތިންދާބޯޓެއް 38 މީހުންނާއެކު ގެއްލިއްޖެއެވެ.
ޗިލީގެ ޕުންޓަރ އަރނެސް އިން ފުރައިގެން އެންޓާކްޓިކާގައި ހުންނަ އެގައުމުގެ ބޭސް އަށް ދަތުރު ކުރަމުންދިޔަ ޗިލީގެ އެއާ ފޯސްގެ ފްލައިޓެއް ގެއްލިފަައިވަނީ ނައްޓާލިތާ ތިންގަޑިއެއްހާއިރު ފަހުންނެވެ.
ފްލައިޓާއި އެއާޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުމާ އެކު ފްލައިޓު ހޯދުމުގެ މަސައްކަތް ޗިލީގެ އޮފިޝަލުން ވަނީ ފަށާފައެވެ.
ޗިލީގެ އެއާ ފޯސް އިން މައުލޫމާތުދީފައި ވާގޮތުން ގެއްލިފައިވަނީ ސީ - 130 ހާކިއުލަސް މަރުކާގެ ފްލައިޓެކެވެ. ގެއްލުނު ފްލައިޓުން ދަތުރުކޮށްފައިވަނީ 17 ކްރޫ މެންބަރުންނާއި 21 ފަސިންޖަރުންކަމަށް ޗިލީގެ އެއާ ފޯސް އިން މައުލޫމާތު ދެއެވެ.