މިންހާ ފާއިޒް ރަޝާދު
ފިންލޭންޑުގެ އާ ބޮޑު ވަޒީރުކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާ ޝޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ސަންނަ މަރިން ހޮވާފައިވާ އިރު، ސަންނަ ވެގެން ދާނީ ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ.
34 އަހަރުގެ ސަންނަ ފިލްލޭންޑުގެ ބޮޑުވަޒީރު ކަމުގެ ހުވާކުރުން މިހަފުތާގައި އޮންނާނެ އެވެ.
ފިންލޭންޑުގެ ކުރީގެ ބޮޑު ވަޒީރު އަންޓީ ރިނޭ އިސްތިއުފާ ދެއްވީ އެގައުމުގެ ޕޯސްޓަލް ސާވިސް ކުންފުނީގައި ކުރިއަށްގެންދިޔަ ހަޅުތާލަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ސަރުކާރު ކޯލިޝަންގެ މެންބަރަކު ބުނުމުންނެވެ.
ވެރިކަން ކުރާ ކޯލިޝަނުގައި ފަސް ޕާޓީ އޮތް އިރު، އެ ހުރިހާ ޕާޓީތަކެއްގެ ވެރީންނަކީ ވެސް އަންހެނުންނެވެ.
ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންނެވި، ސަންނަ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވާ އިރު އުމުރާ މެދު އެހާ ބޮޑަށް ނުވިސްނަވާ ކަމަށެވެ.
"ސިޔާސީ ދާއިރާއަށް ވަނީ ކީއްވެތޯ އަބަދުވެސް ހަނދާން ބަހައްޓަން. އެ މަސައްކަތުން މިހާތަނަށް މީހުންގެ އިތުބާރުވެސް ހޯދިފައިވަނީ. ބޮޑު ވަޒީރު ކަމާ ހަވާލު ވުމަށް ފަހު މީހުންގެ އިތުބާރު އިތުރަށް ހޯދުމަށް ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭ" ސަންނަ ބުންޏެވެ.
ސަންނަ އަކީ ފިންލޭންޑުގެ ތިން ވަނަ އަންހެން ބޮޑު ވަޒީރެވެ.