ކުއްލި ޚަބަރު

މައްޗަންގޮޅި ގެއެއްގެ ޓެރަސްމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މުހައްމަދު ޝަހީމް

މައްޗަންގޮޅި ޓޮމާޓޯގޭ ޓެރަސް މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންބުނީ މިއަދު 11:18 ހާއިރު މައްޗަންގޮޅި ޓޮމާޓޯގޭގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ ގެއަށް ދިޔައިރު އެ މީހާގެ އަނގައިން ފޮނު ނިކުމެފައި ވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންބުނީ މި މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައިވަނީ އެ ގޭގައި ދިރިއުޅޭ މީހެއް ނޫނެވެ. އަދި ގޭގޭ ތަޅު ހަލާކުވެފައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާކަމަށްވެސް "ވަން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެކަން ފުލުހުން ކަށަވަރު ކޮށްދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.