ކުއްލި ޚަބަރު

ސްނޯކްލިން އަށް ދިޔަ ޗައިނާ ފަތުރުވެރިޔަކު މަރުވެއްޖެ

ލިލީ ބީޗު ރިސޯޓުން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:15 އެހާކަންހާއިރު ލިލީ ބީޗު ރިސޯޓު އެންޑް ސްޕާ އިން ފަތުރުވެރިޔަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެންދިޔަކަމުގެ މައުލޫމާތެއް ލިބުނު ކަމަށެވެ.

ނަމަވެސް އުމުރުން ޗައިނާގެ އުމުރުން 74 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުންނަށް ހިތާމަވެރި ހާދިސާތައް ހިނގުން މިހާރަކަށް އައިސް ވަނީ އިތުރުވެފައެވެ.