އެމްއެންޑީއެފް

ހުވާކުރުމުގެ ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމް ދޭނެ

އަހުމަދު ޖައިޝަން

1

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހުވާކުރުމުގެ ރައްމިއްޔާތުގައި 21 ބަޑީގެ ސަލާމް ދޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ،

އެމްއެންޑީއެފް އިން ބުނެފައި ވަނީ 21 ބަޑީގެ ސަލާމް ދިނުން އޮންނާނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދާ ވަގުތު ޓްރެކް ސަރަހައްދުގައި ހުންނަ ހެލިޕެޑް އޭރިއާގައި ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 1700ގައި ގަލޮޅު ދަނޑުގައެވެ.

އެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާ، ފަލަސްތީނު، ޕާކިސްތާނު، ސްރީލަންކާ، ޗައިނާ، ޖަޕާން، މޮރޮކޯ، މޮރިޝަސް، އެމެރިކާ، ޗައިނާ، ޝީޝެލްސް އަދި ޔޫއޭއީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސައުދީ އަރަބިއްޔާގެ ޕްރިންސް ޑރ. މަންސޫރު ބިން މުތައްއިއްބު ބިން އަބްދުލް އަޒީޒް އަލްސައުދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟