"ހުސްނުވާ" އާސަންދައަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓު މިދިޔަ މަހު ހުސްވެ، ހާއްސަ ބަޖެޓުން ހަރަދުކުރަން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ އަހަރަކު އާންމުކުރާ ދައުލަތުގެ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއަހަރު އާސަންދައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްބިލިއަން ރުފިޔާއެވެ.
އެހެންކަމުން އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް 84 މިލިއަން ރުފިޔާ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަރަދުކޮށްފައެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި އާސަންދައިގެ ބަޖެޓު ހުސްވެފައިވާއިރު، އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ''މެރަނާ'' ސްކީމްގެ ހިދުމަތް މިދިޔަ އޮކްޓޯބަރު މަހު ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ.
"މެރެނާ" ސްކީމުގެ ދަށުން އެގައުމުތަކުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ޖުމުލަ ކަވަރޭޖުގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ދޭނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.