މިންހާ ފާއިޒް ރަޝާދު
ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުން ބިދޭސީއަކު ހުއްޓުވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި އެ މީހާއަކީ 23 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އެމީހާއާ ބެހޭ އިތުރު ތަފުސީލެއް އިމިގްރޭޝަނުން ނުދެއެވެ.
ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހުން ތަކެއް މިދިޔަ މަހުވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.
މިދިޔަ މަހު މުޅި ޖުމްލަ ހަ މީހުން މިގޮތަށް އިގިންރޭޝަނުން ހުއްޓުވައިފައިވާއިރު އެމީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.