މާފަންނު ގެއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ކޮޓަރިއެއްގައި އޮތް މީހެއްގެ ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު ދީފައިވަނީ 10:19 ހާއިރު އެމްއެންޑީއެފުން ކަމަށެވެ. އެމީހާ މަރުވެފައިވާކަން އޭޑީކޭ ޕެރަމެޑިކް ޑޮކްޓަރުން ބެލުމަށްފަހު ޔަގީންކޮށްދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަރުވި މީހާ އޮތްގޭގެ ސިޑި ހުރިގޮތުން އެމީހާ ބޭލުމުގައި ގޮންޖެހުން ތަކެއް ކުރިމަތިވަމުން ދާތީ އެމީހާ ބޭލުމުގައި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އަދި ސިފައިން ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.