މުހައްމަދު އައުޒަމް
6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު އަލްބޭނިއާ އިން 49 މީހުން މަރުވެއްޖެއެވެ.
އަލްބޭނިއާގެ އައްސޭރިފަށުގެ ޑުރޭސް ސިޓީ އަށް ބިންހެލުން އައުމާއެކު އިމާރާތްތަށް ވެއްޓި ބޮޑެތިގެއްލުން ތަކެއް ލިބިފައިވާކަމަށް އެގައުމުގެ މީޑިއާ ތަކުން ހާމަކޮށްފައިވެއެވެ. މިބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 49 އަށް އަރާފައިވާއިރު މިއަދަދު އިތުރުވެގެން ދާނެކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.
އަލްބޭނިއާގެ ކުއްލި ހާލަތުގައި މަސައްކަތް ކުރާ ޓީމުތައް ހަރަކާތްތެރިވެފައިވާއިރު ބިންހެލުން އައި ސަރަހައްދުން ގެއްލިފައިވާ އެތަކެއް ސަތޭކަ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
6.4 މެގްނިޓީއުޑްގެ ބާރުގަދަ ބިންހެލުމަށްފަހުވެސް އިތުރު 500 އަށްވުރެ ގިނަ ކުދި ލޮޅުންތަށް އަރާފައިވާކަމަށްވެސް އެގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.
މިއީ ފާއިތުވެދިޔަ 40 އަހަރުތެރޭ އަލްބޭނިއާ އަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ.