އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޕީސީބީން ގަބޫލުކޮށްފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަޒުލް އައްޔަންކުރީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފަޒުލްގެ ކުރިން އެ މަގާމުގައި ހުންނެވީ އަހްމަދު އުމަރެވެ. އެ މަގާމަށް ފަޒުލް އައްޔަންކުރެއްވީ އަހްމަދު އުމަރު، އެ މަގާމުން ދުރުކުރެއްވުމަށްފަހުއެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާ އިރު، އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ.