ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދުވަހަކުވެސް އެކުންފުނީގައި މަސައްކަތްކޮށްފައި ނުވާ މީހުންނާއެކު މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށްފައިވާ ކަމަށް ކަމަށް ޓްރާންސިޝަން ކޮމިޝަނުން ބުނެފި އެވެ.
ޓްރާންސިޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ސިޔާސީ ބޭނުންތަކަށް އެޗްޑީސީގެ އެކި ޑިޕާޓްމެންޓް ތަކާއި އެކި ތަންތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާ ކަމަށެވެ.
"މިތަނުގައި އެބަތިބި ދުވަހަކުވެސް އެޗްޑީސީއަށް ނުދާ މީހުންވެސް އެޗްޑީސީއިން މުސާރަ ދީފައި. އޭގެ ތެރޭގައި ރަށްރަށުގައިވެސް މުސާރަ ދީފައި މީހުން ތިބި ކަމަށް އާންމު ރައްޔިތުން އެދުވަސްވަރު ވާހާކަ ދެއްކި" ޓްރާންސިޝަން ކޮމިޓީއިން ބުންޏެވެ.
އެ ކޮމިޓީގައި ހިމެނޭ އިތުރު މެމްބަރެއް ކަމަށްވާ ހުސައިން ވިދާޅުވީ 2001 އިން ފެށިގެން 2016 އާ ހަމައަށް އެޗްޑީސީގައި ތިބި މުވައްޒަފުން ދެގުނައަށް މިދިޔަ އަހަރާއި މިއަހަރު ވައްދާފައިވާ ކަމަށެވެ.
އޭގެ ސަބަބުން އެޗްޑީސީގެ ޕޭރޯލް ގާތްގަނޑަކަށް ދެގުނައަށްވުރެ ބޮޑުވެގެން ގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.