ދުނިޔެ

ލަންކާގެ ހަތްވަނަ ރައީސް ކަމުގެ ހުވާ ގޯތަބަޔާ ރާޖަޕަކްސަ ކުރައްވައިފި

މުހައްމަދު އައުޒަމް

ލަންކާގެ ހަތްވަނަ ރައީސް ކަމުގެ ހުވާ ގޯތަބަޔާ ރާޖަޕަކްސަ ކުރައްވައިފިއެވެ.

ގޯތަބަޔާ ހުވާކުރައްވާފައިވަނީ ލަންކާގެ ގަދީމީ އަވަށް އަނުރަނދަޕޫރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތަށް ލަންކާގެ އެކިހިސާބުތަކުން އެތަކެއް ހާސްބަޔަކު ޖަމާވި އެވެ.

ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ގޯތަބަޔާ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %52.25 ޕަސެންޓު ވޯޓު ހޯއްދަވައިގެންނެވެ.

ވޯޓުގެ ވަގުތީ ނަތީޖާ ހާމަކުރުމާއެކު ޕްރަމަދާސަ ވަނީ ބަލި ގަބޫލުކުރައްވައި ގޯތަބަޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވައި، ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށް ޕްރަމަދާސާ ވިދާޅުވިއެވެ.

އިންތިހާބު ކާމިޔާބު ކުރެވުމާ ގުޅިގެން ގޯތަބަޔާ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާންމު ކުރި ބަޔާނެއްގައި ވިދާޅުވީ އޭނާ ކުރައްވާނީ ހުރިހާ ރައްޔިތުން ހިމެނޭ ވެރިކަމެއް ކަމަށެވެ. އަދި ކެމްޕެއިން ދުވަސްވަރު ބެހެއްޓި ސުލްހަ މަސަލަސްކަން ކުރިއަށް އޮތްތާގައި ވެސް ދެމެހެއްޓުމަށް ގޯތަބަޔާ ގޮވާލެއްވިއެވެ.