އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ.
އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކޮށްފައި މިވަނީ، އޭނާގެ ސުލޫކީ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލުމަށްފަހު ފަނޑިޔާރުކަމުން އޭނާ ވަކިކުރަން އެ ކޮމިޝަނުން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެންނެވެ.
އެ މައްސަަލަ ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ދިރާސާ ކުރުމަށްފަހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖެހޭ ކަމަށް ކޮމިޓީންވެސް ފާސްކޮށްގެންނެވެ.
އާދަމް މުހައްމަދު އަބްދުﷲ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 10ގަ އެވެ.