ކުއްލި ޚަބަރު

ޑިންގީއަކުން ކަނޑަށް ފުންމާލި މީހަކު ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު އައުޒަމް

ޑިންގީ އަކުން ކަނޑަށް ފުންމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، 10 މީހުންނާއެކު މާލެއިން ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި މީހާ ފެނިފައިވަނީ އެމީހާ ހޯދަމުގެ މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އަދި އޭނާ ފެނުނީ ކަނޑުގެ 44 މީޓަރު އަޑިން ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އެ ހާދިސާގައި މަރުވެފައިވަނީ އަހުމަދު އަނީސް، 33، ގ. މާލެ ހިޔާ 1-02-13 އެވެ.

ގުޅީފަޅު ބައްތިޔާ ދިމާ ބޭރުން އޭނާ މޫދަށް ފުންމާލީ ކީއްވެގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ އޭޑީކޭ ހޮސްޕިޓަލުގައެވެ.