ކުއްލި ޚަބަރު

ހުޅުމާލެ ހައިވޭ ނިމޭ ސަރަހައްދުގައި އެކްސިޑެންޓެއްވެ، ކުޑަކުއްޖަކު މަރުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

4

ހުޅުމާލެއިން ހައިވޭއަށް އަރަންދާ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ބަހެއްގައި ސައިކަލެއް ޖެހިގެންނެވެ.

މަރުވި ކުއްޖާއަކީ ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ. އެ ސައިކަލު ދުއްވަން އިނީ އެކުއްޖާގެ މަންމައެވެ. އެމީހާއަކީ ގދ. މަޑަވެލި، އުމުރުން 51 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ބުނީ އެކްސިޑެންޓެއް ހިނގައިގެން 51 އަހަރުގެ އަންހެނަކާއި ކުއްޖަކު މިރޭ 10:40ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އަނިޔާވި ކުއްޖާ ޓްރީޓޮޕަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ކަމަށް އާސަންދަ އިން މައުލޫމާތުދެއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީގެވެ. އެކުއްޖާއަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 7ޑީ ގައި ކިޔަވަމުން އަންނަ އެސްކޫލުގެ ގުރުއާން ޕޫލުގައި ވެސް ހިމެނޭ ދަރިވަރެކެވެ. އެކުއްޖާއަކީ ސައިކަލު ދުއްވަން އިން އަންހެން މީހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ.

ނޯޓް: މި ހަބަރުގައި ނިޔާވީ މީހެއް ކަމަށް ކުރިން ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟