ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ 25 އަހަރުގެ ޗައިނާ ފަތުރުވެރިއެއް ކަމަށެވެ. އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 10:04 ގައި ލިބިފައިވާ ކަމަށެވެ.
އެމީހާ މަރުވެފައިވަނީ ޑައިވިނަށް ގޮސް އުޅުމަށްފަހު ދޯންޏަށް އެރިފަހުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.