ކުއްލި ޚަބަރު

ހަ މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، ފަތުރުވެރިއަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ދ. ކުޑަހުވަދޫ ކަނޑުއޮޅިން ހަ މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ތިބީ ދެ ދިވެހިންނާއި ސުވިޑަންގެ ހަތަރު ފިރިހެން ފަތުރުވެރިންނެވެ.

އޭގެ ތެރެއިން އެއް ފަތުރުވެރިއަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެނގިފައިވެއެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު "ވަން" އަށް ވިދާޅުވީ، ސުވިޑެންގެ ފަތުރުވެރިޔާ މަރުވީ ގެނބިގެން ކަމަށެވެ.

ޑިންގީގައި ދެން ތިބި މީހުންނަށް ފަރުވާ ދެމުންދާ ކަމަށާއި އެ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށް އޭނާ ވިދަޅުވިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެސަރަޙައްދަށް ދިޔައިރު ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ކަނޑުވެފައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.