ކުއްލި ޚަބަރު

ހަނިމާދޫ މެޓު އޮފީހުގެ ޗޭންޖިން ރޫމުގައި އަންހެން މުވައްޒަފުންގެ އޮރިޔާންކާޑު އުފައްދަން އުޅުނު ކަމުގެ ތުހުމަތު!

ހދ. ހަނިމާދޫ ގައި ހުންނަ މޫސުމާ ބެހޭ އިދާރާގެ ޗޭންޖިން ރޫމުގައި، ސިއްރު ކެމެރާ ހަރުކޮށްގެން އަންހެން މުވައްޒަފުންގެ އޮރިޔާން ކާޑު އުފައްދަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ހަނިމާދޫ މެޓް އޮފީހުގެ ޗޭމްޖިން ރޫމުގައި، ސްޕައި ކެމެރާ ހަރުކޮށްގެން އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ އޮރިޔާން ކާޑު އުފައްދަން ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ފަދަ މައްސަލައެއް ހިންގުމުން ލަސްނުކޮށް އެކަން ފުލުހުންނަށް ހުށަހެޅުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.