ހޮލީވުޑް

މާވެލް ކޮމިކްގެ "ރިއަލް ލައިފް ސުޕާ ހީރޯ" މަރުވެއްޖެ

ލެޖެންޑަރީ ލިޔުންތެރިޔާ، އެޑިޓާ އަދި ޕަބްލިޝާ ސްޓޭން ލީ މަރުވެއްޖެއެވެ.

މާވެލް ކޮމިކްތައް އުފައްދައިގެން ރިއަލް ލައިފް ސުޕާ ހީރޯގެ މަގާމު ހޯދާފައިވާ ސްޓޭލް ލީ މަރުވި އިރު އުމުރަކީ 95 އަހަރެވެ.

1939 ވަނަ އަހަރުން ފެށިގެން ބްލެކް ޕެންތާ، ސްޕައިޑާ މޭން، ދަ އެކްސް މޭން، ދަ މައިޓީ ތޯ، އަޔަން މޭން، ދަ ފެންޓާސްޓިކް ފޯ، ދަ އިންކްރެޑިބަލް ހަލްކް، ޑެއާޑެވިލް އަދި އޭންޓް މޭން ފަދަ މަގްބޫލު ކެރެކްޓާތަކެއް ސްޓޭން ލީ ވަނީ އުފައްދައި ލިޔެ ޕަބްލިޝްކޮށްފައެވެ.

ސްޓޭން ލީ މަރުވީ ބަލި ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހޯމަ ދުވަހުއެވެ.

ސްޓޭން ލީ މަރުވުމާ ގުޅިގެން ފޭނުން ތައުޒިޔާ ކިޔަމުން އަންނަ އިރު މީ ހޮލީވުޑަށް ލިބުނު ބޮޑު ދެރައެއްގެ ގޮތުގައި ގިނަ މީހުން ސިފަ ކުރެއެވެ.