އިބްރާހިމް ޒަކީ
ގުޅީފަޅުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށް ބިޑަކާ ނުލައި އެވޯޑް ކުރި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ނިންމައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުުމުގައި އެ މައްސަލަ ބަލަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.
މެންބަރު އަބްދުލް ގަފޫރު މޫސާ ހުށަހެޅުއްވި ގޮތަށް އެ މައްސަލަ ކޮމިޓީން ބެލުމަށްްޓަކައި ކަމާބެހޭ ފަރާތްތަކުން އެކަމާބެހޭ މައުލުމާތު ހޯދުމަށް ކޮމިިޓީން ވަނީ ނިންމައިފައެވެ.
ހަ މިލިއަން ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ބިޑަކާނުލައި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑްއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.
އޭގެ ތެރޭގައި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުން ވެސް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ގުޅީފަޅު ހިއްކަން ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.
މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެއެވެ.