މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްފެނީ (އެމްޑަބްލިއުއެސްސީ) އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން އާ ކަސްޓަމާ ސާވިސް ބިލްޑިންއެއް މިއަދު ހުޅުވައިފިއެވެ.
އެމްޑަބްލިއުއެސްސީގެ އާ އިމާރަތް ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު އެވެ. އިމާރާތުގެ ތިރީ ބުރީގައި ބިލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރީގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭނެއެވެ.
މި އިމާރާތް ހުންނާނީ އެ ކުންފުނީގެ މިހާރުގެ މައި އިދާރާ ފެން ބިލްޑިންގާ އިންވެގެންނެވެ. ހުޅިވިފައި ހުންނާނެ ގަޑި ތަކަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު ތިނަކަށެވެ.
އިމާރާތް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފަޒީލް ވިދާޅުވި ގޮތުގައި ކުރިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އައީ ދަތިކޮށް ކަމަށާއި މި ގޮތަށް ހިދުމަތް ދޭތާ 23 އަހަރުވެއްޖެ ކަމަށެވެ. އެހެން ކަމުން ކަސްޓަމަރުންނަށް ފަސޭހަކޮށް ހިދުމަތް ދެވޭނެ ގޮތެއް ޑިވެލޮޕްކުރުމަށް ވިސްނުން ގެނައުމާ ގުޅިގެން ހާއްސަކޮށް ކަސްޓަމާ ސާވިސްއަށް ފެސޭހައިން ހިދުމަތް ދެވޭނެ ގޮތެއް ފޯރުކޮށްދެވުނީއެވެ.
"ހާއްސަކޮށް ކަސްޓަމާ ސާވިސްއަށް އެމްޑަބްލިއުއެސްސީ އިން މިހުރީ އަމާޒު ހިފާފަ، ހަމަ ހުރިހާ ހިދުމަތްތަށްވެސް މީގެ ތެރެއިން މިއަދުން ފެށިގެން ލިބިގެންދާނެ" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެއްވެސް ހިދުމަތެއް ފެން ބިލްޑިން ގައި ލިބިގެން ނުދާނެކަމަށެވެ.
މީގެ އިތުރުން ފަޒުލް ވިދާޅުވީ އެބޭފުޅުންގެ މަގްސަދަކީ ސީދާ ބިލްޑިން އަށް ދާ ކަސްޓަމަރުން މަދު ކުރުން ކަމަށާ އެކަމަަށް ހައްލުހޯދުމަށް ހާއްސަކޮށް މިހާރު އެމްޑަބްލިއުއެސްސީގެ އެޕެއްވެސް ލޯންޗް ކުރެވިފައިވާނެ ކަމަށެވެ. އެޕްގެ ޒަރީއާއިން ބިލާ ބެހޭ ހުރިހާ ތަފްސީލެއް އެބޭފުޅަކަށް ލިބިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު މަސައްކަތަކީ ޕޭޕާލެސް ކުރުމާއި އިލެކްޓްރޯނިކް ޒަރިއްޔާއިން އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ،