ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށް އެމްޑީޕީން ބުނެފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ވަނީ، އެޕާޓީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމައިފައެވެ.
އަދި މިއަދު މެންދުރު 12:00 ގެ ކުރިން އެ މަގާމުތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުންނަށް އޮތީ ފުރުސަތު ހުޅުވާލައިފައެވެ.
އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވަން ހުޅުވާލި މުއްދަތު ހަމަވިއިރު، ރައީސްކަމަށް ފޯމް ހުށަހަޅުއްވާފައިވަނީ އެޕާޓީގެ މިހާރުގެ ވެސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށެވެ.
ނައިބް ރައީސް ކަމަށް ކުރިމަތިލެއްވީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.
ނައިބް ރައީސް ކަމުގެ އިތުރު ދައުރަކަށް ޝިފާޒް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު އިމްތިޔާޒް ފަހުމީ ވަނީ އޭނާއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.