ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ، މީގެކުރިން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން، އެމައްސަލަ ބެލުމުގެ އިހްތިސޯސެއް ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ވިދާޅުވެ ހަގީގަތާ ހިލާފު ވާހަކަފުޅު ދެއްކެވިކަމުގެ ތުހުމަތުގައެވެ.

ޖޭއެސްސީން މިރޭ ބުނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް، އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަތުމުގެ އަމުރު ފޮނުވުމުން، އެމައްސަލަ ބެލުމުގެ އިހްތިސޯސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ވިދާޅުވެ އެ މައްސަލައާމެދު ހަގީގަތާ ހިލާފު ވާހަކަތަކެއް އާންމުކުރައްވާފައިވާ ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ކޮމިޝަނުން ނިންމުމުން، ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާއި ހަވާލުވެ ވަޑައިގަތުމަށް ވެސް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

އަދި އެއީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވައި ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރައްވާފައިވާ އަމަލެއް ކަމުން، ފަނޑިޔާރު އަބްދުﷲ އަހުމަދު ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.