ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީހުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މި ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މަދިރީގެ ސަބަބުން ޖެހޭ މި ބަލިން ރައްކާތެރިވުމަށް ކުރިޔާލައި ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.
އެގޮތުން މަދިރި އުފެދި އާލާވާނެ ކަމަށް ސަމާލުކަން ދެއްވައި، ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ މަދިރި އުފެދޭ ބާވަތުގެ ތަންތަނާއި ތަކެތި ހުރިތޯ ބަލައި ފާސްކޮށް، އެކަށީގެންވާ ގޮތުގައި ނައްތައިލުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.