ކުއްލި ޚަބަރު

މާވެޔޮ މަގުގައި ހުރި ގެއެއްގައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރިޔަމް ޝަހުދާ

މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ މާވެޔޮ މަގުގައި ހުންނަ ރޯޅި ކެފޭގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކެފޭގައި ރޯވެފައިވަނީ ގޭސް ރެގިއުލޭޓަރަކުން ލީކު ވެގެންނެވެ. އެމްއެންޑީއެފުން މިހާރު ވަނީ އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 9:53 ގައެވެ. މި ހާދިސާގައި އެ ކެފޭގެ ބައިދެގަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި ބަދިގޭގައި ހުރި ބައެއް ސާމާނަށްވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ.

މި ސަރަހައްދުގައި މިހާރުވެސް ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން އަންނަނީ ހަރަކާތްތެތި ވަމުންނެވެ.