އެމްއެންޑީއެފް

ހުވަދުއަތޮޅުގައި ކަނޑުއުޅަނދުފަހަރު ޗެކްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފުން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކު ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހުވަދުއަތޮޅުގައި ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ މި ޕްރޮގުރާމުގެ ދަށުން ބަލަމުން ގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، މެރިން ވީއެޗްއެފް ޗެކު ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ހަމަޖައްސާފައިވާ ކަމަށް އެމްއެންޑިއެފުން މައުލޫމާތު ދެއެވެ.

އިއްޔެ ހުވަދުއަތޮޅުގައި ފެށި މި ޕްރޮގުރާމް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.