ނ. ކެނދިކުޅުދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމު ''ވަން'' އަށް ދާދި ދެންމެ ވިދާޅުވީ، އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި 6:15 ހާއިރު ކެނދިކޮޅު އަވަށުން ކުޅުދޫ އަވަށަށް ބޮޑުމަގުން އެ އަންހެން މީހާ އެކަނި ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށެވެ.
އަދި އޭނާ ވެއްޓުނީ އެރަށު ސިއްހީ މަރުކަޒާއި ވަރަށް ކައިރިއަށް ކަމަށާއި އެވަގުތު އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދިޔަ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ޝަމްސިއްޔާ ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ.
ޑޮކްޓަރާ ހަވާލާ ދެއްވައި ކައުންސިލް ރައީސް ޝަމީމު ވިދާޅުވީ އޭނާ މަރުވީ މިރޭ 8:40 އެހާކަންހާއިރު ބޮލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ބޮލަށް ގެއްލުން ލިބުމާއި ގުޅިގެން އަނގަ އާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އޭނާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް އާސަންދަ ހަމަޖެހި ފުރުވާލުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.