ކުއްލި ޚަބަރު

އެމްޑީއެން ސަސްޕެންޑް ކޮށްފި

ފަތޯނާ ފާއިޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، "ޕްރީލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ހުރި ކަމަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކޮށްފައިވާ ކަަމަށް ތުހުމަތުކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުން އަންނާތީ، މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްޑީއެންގެ ރިޕޯޓް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިމިވަނީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް ރައީސް އޮފީހުން ވެސް ދީނީ އިލްމުވެރިން ވެސް ހިއްސާކޮށްފައެއް ނުވެއެވެ.