ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ޑރ އިޔާޒުގެ ރައްދު ނަޝީދަށް: ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމަކަށް ބަހުސް ނުކުރެވޭނެ

ފަތޯނާ ފާއިޒު

ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަކަށް ބަސް ބުނުމަކީ އެއްވެސް މަހުލޫގަކަށް ކުރެވިގެންވާނެ ކަމަށް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން ރާއްޖޭގައި ކިޔަވައިދޭ އިސްލާމްގެ މުގައްރަރާ ބެހޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައި ދީނީ އިލްމުވެރިންގެ މެދުގައި ބަހުސް ކުރެވޭ ނުކުތާ ތަކެއް އެބަހުރި ކަަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ބަސް ބުނެވިގެން ނުވާނެ ކަންކަމަށް ބަސް ބުނެފައިވާ ކަަމަށެވެ.

"ޤުރުއާނާ ސުންނަތުން ވަކި ގޮތަކަށް ކަމެއް ސާބިތުވީމަ، އެއަށް ބަސް ބުނުމަކީ އެއްވެސް މަހުލޫގަކަށް ކުރެވޭނެ ކަމެއް ނޫން. ވީމާ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާ އެކޭ ނުބުނެވޭނެ." ޑރ.އިޔާޒު ނަޝީދަށް ރައްދު ދެއްވައި ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީއެންގެ ރިޕޯޓު ވިދާޅުވެފައިވާ ކަަމަށެވެ. އަދި އެ ރިޕޯޓުގައި މާތް ﷲއާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އެކަށީގެންނުވާ ބަސްތަކެއް ބޭނުންކޮށްފައިވާ ކަމަށާއި އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް. އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.