އައްޑޫ ސިޓީގެ ހުޅުދޫގައި ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މިރޭ 7:00 ހާއިރު ހުޅުދޫގެ ފުލެޓް ސަރަހައްދުން ކަމަށެވެ.
އަދި އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލައި، ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި ހުޅުދޫ ހެލްތު ސެންޓަރުގައި އޭނާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.