ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ޝަރަފުގެ ހިނގާލުން ކުރިއަށް ދާނީ މާދަމާ ހަވީރު ހަތަރެއްޖަހާއިރު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ފެށިގެން ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށެވެ.
މި ހިނގާލުމުގައި ތިން ސަރަހައްދެއްގައި ހުއްޓުމަށް ހަމަޖެހިފައިވާއިރު އެއީ ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑު ކައިރި އާއި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.