މުހައްމަދު އައުޒަމް
ނެދަލެންޑްސްގައި އަމިއްލައަށް އެދިގެން މަރުވާންް ބޭނުންވާ މީހުން މަރަން ތައްޔާރުވާން ފަށައިފިއެވެ.
2002 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސްގައި އަމިއްލައަށް މަރުވާން ބޭނުންވާ މީހުން ޑޮކްޓަރެއްގެ ބެލުމުގެދަށުން މެރުމެގެ ހުއްދަ އެގައުމުގެ ގާނޫނުގެ ދަށުން ވަނީ ދީފައެވެ.
ގިނަ ޝަރުތުތަކާއި ގިނަ މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭ މިގާނޫނުގެ ދަށުން ނެދަލެންޑްގެ މީހަކު ވަނީ މަރުވާން އެއްބަސް ވެފައެވެ.
އުމުރުން 74 އަހަރުގެ މިމީހާ ވަނީ ސިކުނޑިއަށް ދިމާވާ ހަނދާން ނެތޭ ބަލީގެ ޝިކާރައަކަށް ވެފައެވެ. އޭނާގެ ޑޮކްޓަރު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ނަން ހާމަކުރުމަށް ދެކޮޅުހަދާފައިވާ މިޑޮކްޓަރު ވަނީ ވަރަށް ރައްކަތެރިކަމާ އެކު މި މައްސަލައިގެ ޕްރޮސީޖާތައް ފަށާފައިވާ ކަމަށް ބުނެފައެވެ.
ޑަޗްގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެމުން ޑޮކްޓަރު ބުނީ މަރުވާން ބޭނުންވާ މީހާ އެތައް ފަހަރަކު މަރުވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށައި އޭނާ އަށް ދިމާވެފައިވާ ބަލިމަޑުކަމާއި ގުޅިގެން އެއީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އެމީހާ މަރުވާން ބޭނުން ކަމަށް ބުނެފައި ވީނަމަވެސް އޭގެފަހުން އެއްފަހަރު އޭނާ މަރުވާން ބޭނުން ނުވާކަމަށް ވެސް ބުނެފައި ވެއެވެ.
ނެދަލެންޑްގެ ޕްރޮސިކިއުޓަރަކު ވަނީ މަރުވާން ބޭނުންވާ މީހާ ފަހުން އެކަމާ ދެކޮޅުހަދަފައި ވުމުން މިކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް އުޅޭ ކަމަށް ބުނެފައެވެ. އަދި ޑޮކްޓަރު އަލުން އެބަލިމީހާއާ ސުވަލުކޮށް ކަށަވަރު ކުރަން ވަނީ ގޮވާލާފައެވެ.