ހުސްނުއްސުއޫދު

އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނަން: ސުއޫދު

އިބްރާހިމް ޒަކީ

1

ދެހާސް ބާރަވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވާ ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ ގިނަ ތަފްސީލުތަކެއް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ މިއަދަށް ހަތް އަހަރު ފުރިފައިވާއިރު ވެސް އެކަމަށް އިންސާފު ލިބިފައިނުވާތީ، ހާމަކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސުއޫދު ވިދާލުވީ، އަފްރާޝީމް އަވަހާރަކޮށްލި މީހުންނާއި އެކަން ރޭވި މީހުންގެ މައުލޫމާތު އަންނަ ހަތްތާގައި ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް ދިން ހަމަލާއެގައެވެ.

އެއީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭގި ގެއްލުނު މައްސަލަވެސް އެ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން ރިލްވާން މައްސަލައިގައި އެ ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގުގެ ބައެއް މައުލޫމާތުތައް ހާމަކޮށްފައިވާއިރު، އެ ކޮމިޝަނުން އާއްމު ކުރި ރިޕޯޓްގައި ރިލްވާން ހައިޖެކް ކުރުމުގެ ކަންތައް ހިނގާދިޔަ ގޮތުން ފެށިގެން ރިލްވާން މަރުމާ ހަމައަށް ކަންތައް ކުރިއަށްދިޔަގޮތް ވަނީ ހިމަނައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟