އަންހެނުން

ދަރިން ހޯދީ އައިވީއެފުން : މިޝޭލް އޮބާމާ

މީގެ 20 އަހަރު ކުރިން، ބައިގެންދިއުމާ ގުޅިގެން އެކަނިވެރިކަމާއި ދިރިއުޅުމުގައި ނުތަނަވަސްކަން ތަހައްމަލު ކުރަން ޖެހުނު ކަމަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިދާޅުވެއްޖެއެވެ.

މިޝޭލް ގެ ބައޯގްރަފީ "ބިކަމިންގް" ގައި ބުނެފައިވާ ގޮތުގައި ބަނޑުބޮޑުވާން ވަރަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް ކާމިޔާބުވާ ގޮތް ނުވިއެވެ. އެންމެ ޕްރެގްނެންސީ އެއް ޕޮޒިޓިވް ވި ނަމަވެސް އޭގެ ހަފްތާއެއް ފަހުން އެ ވެސް ބައިގެން ދިޔަކަމަށް މިޝޭލް ވިދާޅުވި އެވެ. މިކަމާ ގުޅިގެން މިޝޭލްގެ މުޅި ދިރިއުޅުއްވުން ބަދަލުވެ ނަފްސާނީ ގޮތުންވެސް އަދި ޖިސްމާނީ ގޮތުންވެސް ދިރިއުޅުއްވުމާ ދޭތެރޭ ނުތަނަވަސްކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް މިޝޭލް ވިދާޅުވިއެވެ.

ހުކުރު ދުވަހު އޮތް އޭބީސީގެ ޝޯ "ގުޑް މޯނިން އެމެރިކާ" ގައި ވާހަަކަފުޅުދައްކަމުން މިޝޭލް ވިދާޅުވިގޮތުގައި އޭރު ފެއިލް ވީ ބައިގެން ދިއުމާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގިވަޑައިނުގަންނަވާތީ އެވެ. އޭރު އެވާހަކަތައް ދައްކާނެ މީހެއްވެސް ނުހުންނަ ކަމަށް މިޝޭލް ވިދާޅުވި އެވެ. އެހެންކަމުން އެކަނި މާ އެކަނި އެ ވޭން އަމިއްލަފުޅަށް ތަހައްމަލު ކުރައްވަނީ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ބަރަކް އޮބާމާ އާއި މިޝޭލް، ދަރިން ހޯއްދަވަން މަސައްކަތް ފެއްޓެވީ ފާރޓިލައިޒޭޝަން ޓްރީޓްމަންޓް ބޭނުންފުޅު ކުރައްވައިގެން ކަމަށް މިޝޭލް ވިދާޅުވިވެ. އޮބާމާ އާއި މިޝޭލަށް ދެކުދިން ލިބިވަޑައިގެންފައި ވާއިރު އެދެކުދިންނަކީވެސް އައިވީއެފް ކުދިންނެވެ. ޝާޝާ އަށް މިހާރު 17 އަހަރުވެފައިވާއިރު މާލިއާ އަށް 20 އަހަރު ވެއްޖެއެވެ.