ދުނިޔެ

ފިލިޕީންސްގެ ކުރީގެ ފަސްޓްލޭޑީ ޖަލަށްލުމަށް ހުކުމްކޮށްފި

މުހައްމަދު އައުޒަމް

ކޮރަޕްޝަން ގެ މައްސަލަ ސާބިތުވެ ފިލިޕީންސްގެ ކުރީގެ ފަސްޓްލޭޑީ އިމެލްޑާ މާކޮސް 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 89 އަހަރުގެ މާކޮސްއަށް ކޮރަޕްޝަންގެ ގިނަތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ފާހަގަކޮށްލެވެނީ 1970ވަނަ އަހަރު މެނީލާގެ ގަވަރުނަރުގެ މަގާމުގައި މާކޮސް ހުންނެވި އިރު އެގައުމުގެ އެންޓިކޮރަޕްޝަން ގާނޫނާއި ހިލާފަށް ސުވިސް ފައުންޑޭޝަން ގެ 200 މިލިޔަން ޑޮލަރުގެ ހިޔާނާތެވެ.

ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި މާކޮސްގެ ގޮނޑި ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ކޯޓުން ވަނީ މާކޮސް ފިލިޕީންސް ސަރުކާރާއި ގުޅޭ ހުރިހާ ބާރުތަކުން ދުރުކޮށްފައެވެ. އަދި ޖަލު ހުކުމް ކުރުމާއެކު ކޮންގްރެސްގެ ގޮނޑިވެސް ވަނީ ގެއްލިފައެވެ.

ކޯޓުގައި މާކޮސްއަށް ހުކުމް ކުރިއިރު މާކޮސްގެ އިތުރުން ހުކުމްކުރި މަޖިލީހަށް މާކޮސްގެ ފަރާތުން އެއްވެސް މީހަކު ހާޒިރުވެފައެއް ނުވެއެވެ.

އިމެލްޑާ މާކޮސްގެ ފިރިކަލުން ފިލިޕީންސްގައި ވެރިކަން ކުރެއްވި ދުވަސްވަރު އެއާއިލާގެ ސިއްރު މިލްކިއްޔާތުގައި 10 ބިލިޔަން ޑޮލަރުގެ ހުރިކަމަށް މައުލޫމަތު ލިބެއެވެ.