މުހައްމަދު އައުޒަމް
ވިމެން އިން މެނޭޖްމަންޓުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސައިފައިވާ "ވިމެން ޓޮޕް 50" ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެނުއަލް ކޮންފަރެންސް 2018ގެ ކީނޯޓް ސްޕީކަރުންގެ ތެރޭގައި ޑރ. މަރިޔަމް ޝަކީލާ ހަމަޖައްސައިފިއެވެ.
އޭޝިއާ ސަރަހައްދުގައި އަންހެނުންނަށް ހާއްސަ ކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "ވިމެން ޓޮޕް 50" ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެނުއަލް ކޮންފަރެންސް 2018ގެ ތެރޭގައި ތިން ކީނޯޓް ސްޕީކަރުން ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ސްރީލަންކާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ތަލާތަ އަތުކޮރާލާގެ އިތުރުން ޖެޓްވިންގ ޓްރެވަލްސްގެ މެނޭޖިންގ ޑައިރެކްޓަރު ޝިރޮމަލް ކޫރޭ ގެ އިތުރުން ދިވެހިރާއްޖޭގެ ސިމްޑީ ގުރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާއެވެ.
ޑރ. ޝަކީލާ އަކީ ވިމް ޕްރޮފެޝަނަލް އެންޑް ކެރިޔާ ވުމެން އެވޯރޑް ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޑރ ޝަކީލާ އަކީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ އެކި ދާއިރާތަކުގައި 30 އަހަރަށް ވުރެން ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެކެވެ. ޑރ ޝަކީލާވަނީ ޑަބްލިއު އެޗްއޯގެ "އެޑްވައިޒަރީ ގްރޫޕް އޮފް ޔޫއެން ވިމެން" ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާކަން ވެސް ކުރައްވާފައެވެ. ބެލްޖިއަމްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކައުންސިލްގެ އިތުރުން ދިވެހި ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައިވެސް ގިނަގުނަ ހިދުމަތްތަކެއް ވަނީ ކުރައްވާފައެވެ.
ޑރ ޝަކީލާ ފާހަގަ ކޮށްލެވެނީ ޒުވާނުންނާއި ހާއްސަކޮށް އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން އިންސާނީ ހައްގުތަކާއި ސުލްހަ އާއި ސަލާމަތަށް މަސައްކަތް ކުރާ ބައިނަލްއަގުވާމި ބޮޑެތި އިންސްޓިޓިއުޝަން ތަކުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.
ސިމްޑީ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗީފެ އެގްޒެކެޓިވް އޮފިސަރ ގެ މަގާމުގައި މިހާރު ހުންނެވި ޑރ ޝަކީލާ ގެންދަވަނީ ދިވެހި ރާއްޖޭގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެންޖީއޯ ތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.
ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ސްރީލަންކާގެ ގޯލް ފޭސް ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ އާރލީ ބާރޑް އޮފާގެ މުއްދަތު ވަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ރާއްޖޭގެ ފަރާތުން ކޮންފެރެންސްގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7946684 އަށް ގުޅުއްވުމުން ނުވަތަ [email protected] އީމެއިލް އަށް މެއިލް ކޮށްލުމުން ލިބިގެންދާނެއެވެ.
ވަން އޮންލައިނަކީ "ވިމެން ޓޮޕް 50" ކޮންފަރެންސްގެ މޯލްޑިވްސް މީޑިއާ ޕާޓްނަރެވެ.