ހޮލީވުޑް

ކެލިފޯނިއާގައި އަލިފާން ރޯވެ، ކިމް ކާޑިޝަން ގެއިން ނުކުންނަން ޖެހިއްޖެ

ރިއަލިޓީ ޓީވީ ސްޓާރ ކިމް ކާޑިޝަން އުޅޭ ގެ ހުންނަ ސަރަހައްދު ކަލަބަސިސް ކެލިފޯނިއާގައި އަލިފާންރޯވެ، ކިމް އަށް އޭނާ އުޅޭ ގެއިން ނިކުންނަން ޖެހިއްޖެއެވެ.

އެހިސާބުގައި އަލިފާން ރޯވި އިރު ކިމް ހުރީ ދަތުރު މަތީގައެވެ. 38 އަހަރުގެ ކިމް އޭނާގެ އިންސްޓަގްރާމުގައި ވަނީ ރޯވި އަލިފާންގަނޑުގެ އޭރިއަލް ފޮޓޯތައް ޕޯސްޓްކޮށްފައެވެ. ނަމަވެސް އޭނާގެ ފްލައިޓް ޖެއްސުމާއެކު އެއްގަޑި އިރު ތެރޭގައި ގެ ހުސްކޮށް ގެއިން ނުކުމެފައިވާ ކަމަށް ކިމް ވަނީ ބުނެފައެވެ.

ކިމް ވަނީ ފަޔާ ފައިޓާސް އަލިފާން ގަނޑު ނިއްވުމަށް އައުމުން ޝުކުރު އަދާކޮށްފައެވެ.

ކެލިފޯނިއާގައި އަލިފާން ރޯވީ ބުރާސްފަތި ދުވަހު މެންދުރު ޗެޓްސްވޯތް ސިޓީ ގައެވެ. އެއީ ކިމްގެ ގެ ހުންނަ ކަލަބަސިސް ސިޓީ އާ ޖެހިގެން އޮންނަ އަވަށެކެވެ. އަލިފާންގަނޑު ނުނިވި ވަނީ 4000 އަކަފޫޓަށް ފެތުރިގެން ގޮސްފައެވެ.

މިހާދިސާގައި ކެލެފޯނިއާގެ އެހިސާބުގަނޑުގެ ގިނަ ގެތަކެއްގައި ވަނީ ރޯވެފައެވެ. އަދި އަލިފާންގަނޑު ފެތުރުނު ހިސާބުގެ ގެތަކުން މީހުން ނެރެ ގެތައް ވަނީ ހުސްކުރުވާފައެވެ.