ސިޔާސީ

ސަރުކާރު ވައްޓަން އުޅެނީ ކޮން ބައެއްކަން އެނގޭވަރަށް ކަންކަން ތިލަވެއްޖެ: އާދަމް ޝަރީފު

ފަތޯނާ ފާއިޒު

ސަރުކާރު ވައްޓާލަން އުޅެނީ ކޮންބައެއްކަން އެނގޭ ހިސާބަށް ކަންކަން "ތިލަ"ވެފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަސައްކަތް ކުރައްވަނީ ސަރުކާރު ވައްޓާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު ވިދާޅުވި ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓް ކުރި ހަބަރަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއާ ޕީއެންސީން މަަސައްކަތް ކުރަނީ ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުން އެހެން ޕާޓީތަކަށް ދަނީ ޖާސޫސް ކުރަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓް

އާދަމް ޝަރީފު އެހެން ވިދާޅުވިއިރު، ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލު ކުރުމަށް ރޭ އެޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމެއް ނުކުރާޙާ ހިނދަކު މި ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށާއި، ޖޭޕީންވެސް އެކަން ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ.